Last Updated: September 16, 22:20
Monday, September 16, 2024
ދުނިޔެ

ފްރާންސްގެ އާ ބޮޑުވަޒީރަކީ ބާނިއާ

ފްްރާންސްގެ އާ ބޮޑުވަޒީރަކަށް މިޝެލް ބާނިއާ އައްޔަންކޮށްފި އެވެ.

އުމުރުން 73 އަހަރުގެ ބާނީ އެ މަގާމަށް އައްޔަންކުރިކަން ރައީސް އެމަނުއެލް މެކްރޯންގެ އިއުލާން ކުރެއްވީ މިއަދެވެ. ބާނީ ފްރާންސްގެ އިސް މަގާމުތަކެއް އިތުރުން ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާ ގުޅޭ ގޮތުް ހިނގައި ދިޔަ މުއާމަލާތްތަކުގައި އީޔޫ އިން އިނގިރޭސިވިލާތުގެ ޓާސްކް ފޯހުގެ ވެރިއެއްގެ ރޯލު ބާނިއާ އަދާކުރައްވާފައިވެ އެވެ.

އޭނަ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ޔޫރަޕިއަން ކޮމިޝަނާ ފޯ އިންޓާނަލް މާކެޓް ސާވިސްގެ މަގާމާއި އީޔޫ ޕާލިމަންޓް މެންބަރުކަމުގެ އިތުރުން ފްރާންސްގެ އެގްރިކަލްޗަ އެންޑް ފިޝަރީޒް މިނިސްޓަރުކަމާއި ފޮރިން މިނިސްޓަރުކަމުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރުކަން ހިމެނެ އެވެ.

ފްރާންސަށް އާ ބޮޑުވަޒީރަކު އައްޔަންކޮށްފައި މި ވަނީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި ގެބްރިއަލް އަޓަލް، 46، އެވެ. އޭނަ ކުކައި މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވީ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި މެކްރޯންގެ ކޯލިޝަނަށް މެޖޯރިޓީ ގެއްލިފައި ވަނިކޮށެވެ.