Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ރަހީނުކޮށް ފައިސާ ފޭރުނު އަންހެނަކު ބަންދުކޮށްފި

މީހަކު ރަހީނުކުރުމަށްފަހު ފައިސާ ފޭރުނު އަންހެނަކު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އާއިޝަތު މަލްޖާ މޫސާ ދީދީ، ކުންނާރުގެ، ސ. މަރަދޫ އެވެ. އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ފުލުހުން ވަނީ ސީނަށް ދިޔަ ފުލުހެއްގެ ހާދިސާ ރިޕޯޓު އަދި އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި ފޮޓޯ ރިޕޯޓު ހުށަހަޅާފަ އެވެ. އޭނާ ބަންދުކުރަން އަމުރުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށް ބަންދު އަމުރުގައިވެ އެވެ.

އެ އަންހެން މީހާ އަކީ ކުށުގެ ރެކޯޑު ވެސް އޮންނަ މީހެއް ކަމަށް އަމުރުގައިވެ އެވެ.