Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ސެންޓްރަލް ޕާކް ކައިރީ ދަންވަރު ހިނގި އެކްސިޑެންޓެއްގައި މަރުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން އައި ލ. އިސްދޫ ބީޗް ހައުސް، ޕްރިޒަން ލާންސް ކޯޕްރަލް ހަސަން ސަމާހު، 23، އެވެ.

އޭނާ މަރުވީ އެކްސިޑެންޓާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފައިވާ ކަމަށާ އެއީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ މެންދަމުން 2:48 އެހާކަށް ހާއިރު އެވެ.