މާލޭގެ މިސްކިތްތައް ފެހިކުރުމަށްޓަކއި މިސްކިތްތަކުގެ ގޯތި ތެރޭގައި ގަސް އިންދަން ފަށައިފި އެވެ.
ގަސް އިންދަން ފެށި ވާހަކަ މާލެ ސިޓީ ކައުންސިލުން ފޮޓޯތަކަކާ އެކީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. ކައުންސިލުން ބުނީ ގަސް އިންދުން ކުރިއަށް ގެންދަނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ ގޯތީގެ ތެރޭގައި ކަމަށެވެ.
ކައުންސިލް ބުނިޮ ގޮތުގައި މާލޭގެ އިތުރުން ހުޅުމާލެ މިސްކިތްތަކުގައި ވެސް ގަސް އިންދުމުގެ ކުރިއަށްދާ ކުރިއަށްދާ ކަމަށެވެ.
އިންދަމުން އަންނަ ގަސްތަކުގެ ތެރޭގައި ކަދުރު ރުއް ވެސް ހިމެނެ އެވެ. ކައުންސިލުން ބުނި ގޮތުގައި އެއީ ކުރީގެ ކައުންސިލުން އިމްޕޯޓުކޮށް ނާސަރީގައި ހުރި ރުއްތަކެކެވެ.