ރާއްޖޭގައި މޫލާފއި ހުރި ދާހިލީ ސަލާމަތާ ގުޅޭ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުދާން ވިދާޅުވެއްޖެ އެވެ.
ކަޅޫ ބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ ބިދޭސީންތަކެއް އިއްޔެ އަތުލައިތުމާ ގުޅިގެން މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ އިއްޔެ ފެށި ޖޮއިންޓް ޓާސްކް ފޯސް އޮޕަރޭޝަންގައި ގައި ބައިވެރިވާ ހުރިހާ މުއައްސަސާތަކުގެ ހީވާގި ވެރިންނަށާއި އަދި ހިއްވަރުގަދަ މުވައްޒަފުންނަށް ޝުކުރު އަދާކުިރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް @MMuizzu ގެ ޙާއްސަ އިރުޝާދުގެ ދަށުން ހިންގާ ޖޮއިންޓް ޓާސްކްފޯރސް އިން މިއަދު ހިންގަންފެށި މިއޮޕަރޭށަން ގައި ބައިވެރިވާ އެއްމެހާ މުއައްސަސާތަކުގެ ހީވާގި ވެރިން އަދި ހިއްވަރުގަދަ މުވައްޒަފުންނަށް ޝުކުރު އަދާކުރަން. 17 ނޮވެމްބަރުގައި ހުވާކުރެއްވުމަށްފަހު ޤައުމުގައި… https://t.co/vKXVkGy0U5
— Minister of Homeland Security & Technology (@min_mohst) September 5, 2024
ޖޮއިންޓް އޮޕަރޭޝަން ކުރިއަށް ގެންދަނީ ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިމިގްރޭޝަނާއި ފުލުހުންނާއި ކަސްޓަމްސް ގުޅިގެންނެވެ.
އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ އެތައް ބިދޭސީންނަކާއި އެފަދަ މީސްމީހުން ކުރަމުން އައި އެތައް ވިޔަފާރިއެއް މިހާތަނަށް ހުއްޓުވައި، 3،000 އަށް ވުރެ ގިނަ ބިދޭސީން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގެ ފަހުން ޑީޕޯޓްކޮށްފައިވެ އެވެ.