Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

އެކްސިޑެންޓްވި ކާރު ދުއްވި މީހާގެ ވަނަވަރު އާންމުކޮށްފި

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، ޢުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިދުޤީ އެވެ.

ސެންޓްރަލް ޕާކް ކައިރީ ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި މަރުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން އައި ޕްރިޒަން ލާންސް ކޯޕްރަލް ހަސަން ސަމާހު، 23، އެވެ.

އޭނާ މަރުވީ އެކްސިޑެންޓާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއްގައި ސައިކަލެއް ޖެހިގެންނެވެ.