Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

މިދިޔަ މަހު ވައްކަމުގެ 323 މައްސަލައެއް

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ބުނެފި އެވެ.

މިދިޔަ މަހު ހުށަހެޅި މައްސަލަތަކާ ގުޅޭ ގޮތުން ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަސް ނިމުނު އިރު ވައްކަމުގެ 323 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 1010 މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެވެ. ވައްކަމުގެ މައްސަލަތަކުގެ އިތުރުން ދެން އެންމެ ގިނައީ އެކްސިޑެންޓުގެ މައްސަލައެވެ. އެގޮތުން އެފަދަ 204 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެފަދަ 130 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

އޮގަސްޓު މަހު ހުށަހަޅާފައިވާ މައްސަލަތައް:

* ވައްކަން ކުރުމުގެ މައްސަލަ: 323
* ޓްރެފިކް އެކްސިޑެންޓު މައްސަލަ: 204
* މުދަލަށް ގެއްލުން ދިނުމުގެ މައްސަލަ: 50
* މަކަރާއި ހީލަތުގެ މައްސަލަ: 37
* ޖިންސީ ގޯނާގެ މައްސަލަ: 41
* އަނިޔާ ކުރުމުގެ މައްސަލަ: 53
* ގެވެށި އަނިޔާ މައްސަލަ: 31
* ފޭރުމުގެ މައްސަލަ: 46
* ފޯޖް ކުރުމުގެ މައްސަލަ: 16
* މަސްތުވާތަކެއްޗާ ގުޅޭ މައްސަލަ: 130
* އެއްޗެހި ގެއްލުމުގެ މައްސަލަ: 78

ކުށްތައް މަދުކުރުމަށްޓަކައި ފުލުހުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް ބޮޑެތި އާބާދީތައް ހިމެނޭ ސަރަހައްދުތަކުގަ އެވެ.