Last Updated: April 23, 13:32
Wednesday, April 23, 2025
ޚަބަރު

ނައިބު ރައީސް މާއުނގޫދޫ އަށް ވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ރަސްމީ ދަތުރުފުޅެއްގައި ށ. މާއުނގޫދޫއަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެ ރަށުގައި ކުރިއަށް ގެންދާ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މީގެއިތުރުން ގައުމީ ދުވަސް ފާހަގަކުރުމަށް އަތޮޅު ފެންވަރުގައި ބާއްވާ ރަސްމީ ހަރަކާތުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.

ރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށް ދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.