Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

މަސް ރޭހުގެ ނައިފަރު ޗެމްޕިއަނަކަށް ހުސްބުޅި

އުރީދޫ މޯލްޑިވްސްއިގެ މި އަހަރުގެ މަސް ރޭހުގެ ތެރެއިން ބޭއްވި ޅ. ނައިފަރު މަސް ރޭހުގެ އެޑިޝަންގެ ޗެމްޕިއަންކަން ޓީމު "ހުސްބުޅި" ހޯދައިފި އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މި މުބާރާތުގައި 18 ޓީމަކުން ވާދަކުރި އެވެ.

ނައިފަރުގައި މަސް މަސްރޭހުގެ ޗެމްޕިއަންކަން ހުސްބުޅި ޓީމުން 921.4 ޕޮއިންޓާ އެކީގަ އެވެ. ހޯދާފައިވެއެވެ. ދެވަނަ 698.45 ޕޮއިންޓާ އެކު ހޯދީ ޗިލް ބްރޯސް އެވެ. އދަި ތިން ވަނަ އަކީ 438.3 ޕޮއިންޓު ހޯދި ހޯދާފައިވާއިރު، ނައިފަރު މަސްރޭހުގެ ކޮރަކަލި ޓީމެވެ.

މި ރޭހުގައި އެންމެ ބަރު މަސް ބޭނީ ޓީމް އަލިފަސް ޓީމު މުހައްމަދު ނަޝީދެވެ. އޭނަ ބޭނީ 9.4 ކިލޯގެ މުޑަހަނދިއެކެވެ.

މުބާރާތުގެ އެންމެ މޮޅު ފިރިހެން ކެޔޮޅަކީ ޗިލް ބްރޯސްގެ އަލީ އަބްދުﷲ އެވެ. އަދި އެންމެ މޮޅު އަންހެން ކެޔޮޅަކީ ކޮރަކަލިީގެ ޖަވާދާ އަހުމަދަވެ.

އުރީދޫގެ މި އަހަރުގެ މަސް ރޭސް ބޭއްވީ ނައިފަރުގެ އިތުރުން ކ. ހިންމަފުށީގެ އިތުރުން ތިނަދޫ ސިޓީގަ އެވެ.

މި މުބާރާތަށް އުރީދޫން ޖުމްލަ 126،000ރ. ރުފިޔާގެ އިނާމު ހުށަހެޅި އެވެ. އެއީ މުބާރާތް ބޭއްވި ކޮންމެ ހިސާބަކުން ވެސް ބަކިވަކިން ވަނަތައް ހޮވާ ގޮތަށެވެ.

* އެއްވަނަ ޓީމް: 25،000ރ.
* ދެ ވަނަ ޓީމް: 10،000ރ.
* 3 ވަނަ ޓީމް: 5000ރ.
* އެންމެ މޮޅު ފިރިހެން ކެޔޮޅު: 1،000ރ.
* އެންމެ މޮޅު އަންހެން ކެޔޮޅު: 1،000ރ.

އުރީދޫ މަސްރޭހަކީ އަބަދު ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭ މުބާރާތެކެވެ.