Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ވައްކަން ކުރަން ވަނުމުން ޝަރީއަތް ނިމެންދެން ބަންދަށް

މާލޭގެ ފިހާރައަކަށް ވައްކަން ކުރަން ވަން މީހަކު އަތުލައިގަނެ، އޭނަ ޝަރިއަތް ނިމެންދެން ބަންދުކޮށްފި އެެވެ.

މައްސަލާގައި ހައްޔަރުކުރީ ތ. ވިލުފުއްޓަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ މައްޗަށް ފުލުހުންކޮށްފައި ވަނީ ވައްކަމާއި، ހުއްދަ ނޫން ތަންތަނަށް ވަނުމުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.

ޝަރީއަތް ނިމެންދެން އޭނަ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުންނެވެ. އޭނަގެ ކޯޓު އަމުރުގައިވާ ގޮތުން ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުންނަށް ލިބިފައިވެ އެވެ. އަދި އޭނަ ހައްޔަރުކުރީ ކްރައިމް ސީނުން ކަމަށާއި ޝަރީއަތުގައި ކުށަށް އިއުތިރާފުވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.