Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

އިނަ މޯލްޑިވްސް އޮފީސް ފަޅާލި މީހާގެ ބަންދަށް 30 ދުވަސް

ރާއްޖޭގެ މަޝްހޫރު ޓްރެވެލް އެޖެންސީއެއް ކަމަށްވާ އިނަ މޯލްޑިވްސް މާލެ އޮފީސް އަދި އިތުރު އޮފީސްތަކެއް ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ރ. މީދޫ ބުލްބުލާގެ އަޒްމީލް މުހައްމަދު ،40، އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 30 ދުވަސް ޖަހާފަ އެވެ.

އޭނާ ހައްޔަރުކުރީ އިނަ މޯލްޑިވްސްގެ އައިލެންޑް ޗޮއިސް އާއި އޭސް ޓްރެވަލްސް އަދި ގަތަރު ކާގޯ އޮފީހަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައިގެ ތުހުމަތުގަ އެވެ.

އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ސޯޝަލް މީޑިއާގައި ވިދާޅުވީ، ވައްކަން ކުރަން ވަތް މީހުން ތަނުގެ ބައެއް ތަންތަނަށް ގެއްލުން ދީފައިވާ ކަމަށެވެ.