Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

އިންޑިއާ އިން ސީދާ އައްޑު އަށް 300 ޓަނުގެ މުދާ

އިންޑިއާގެ ޓުޓިކޮރިން އިން އައްޑު ސިޓީ އަށް 300 ޓަނުގެ މުދާ ގެންނަން "އެމްވީ ނިއުމަތު" ދަތުރު ފަށާފައިވާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އައްޑޫ އަށް ގެންދިއުމަށްޓަކައި އިންޑިޔާގެ ޓިޓުކޮރިން އިން 300 ވަރަކަށް މެޓުރިކް ޓަނުގެ ކާގޯ ލޯޑު ކޮށްގެން "އެމްވީ ނިއުމަތު" ހިތަދޫ ރީޖެނަލް ޕޯޓަށް ދަތުރު ފަށާފައިވާ ކަމަށެވެ. ޝެޑިއުލްގައިވާ ގޮތުން މި ބޯޓު ހިތަދޫ ޕޯޓަަށް ބަނދަރު ކުރާނީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ވަޖީހު ވިދާޅުވި އެވެ.

މި ބޯޓުން ގެންދާ މުދާތަކުގެ ތެރޭގައި ތަރުކާރީ އާއި މޭވާ އަދި ޖެނެރަލް ކާގޯގެ ބާވަތްތައް ހިމެނޭ ކަމަށް ވަޖީހު ވިދާޅުވި އެވެ.

މިއީ އިންޑިއާ އިން ދާއިމީ ގޮތެއްގައި އައްޑޫ އަށް ކާގޯ ގެންދިއުމަށްޓަކައި މި ސަރުކާރުން ކުރި މަސައްކަތް ކާމިޔާބުވެ، މި މަސައްކަތް ފެށުނު ފަހުން، މެދުނުކެނޑި އެ އޮޕަރޭޝަނަށް އިތުރު ކުރެވިގެން ދިޔަ ބޮޅެއް ކަމަށްވެސް ވަޖީހު ވިދާޅުވި އެވެ.