Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ދައުރުވަނީ ނައްތާލަން ގެންދިޔަ ވެހިކަލްތަކުގެ ވީޑިއޯއެއް

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނީ ނައްތާލަން ގެންދިޔަ ވެހިކަލްތަކުގެ ވީޑިއޯއެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑީއޯއިން ފެންނަނީ މާލޭ މެރީބްރައުން ކައިރީގައި ހުންނަ ފުލުހުންގެ ޓޯޔާޑަށް ގެންދިޔަ ސައިކަލުތަކެއް ޕިކަޕަކުން ވައްޓާލާ މަންޒަރެވެ.

އެ ވީޑިއޯއާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެއީ އިއްޔެ ގަވައިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތަކެއް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމަށެވެ. މި ވެހިކަލްތަކަކީ ހުޅުމާލެއިން ނައްތާލުމަށް ގެނެވިފައިވާ އުޅަނދުތަކެއް ކަމަށް ފުލުހުން ބުންޏެވެ.

ނައްތާލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ:

ދެ ފުރޮޅުލީ 247 އުޅަނދު
ހަތަރު ފުރޮޅުލީ 29 އުޅަނދު
223 ބައިސިކަލް
އެއް އެމްބިއުލާންސް

މާލެ ސަރަަހައްދުގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނަގައި ނައްތާލުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.