Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ހުޅުމާލޭގައި އިތުރު އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާ ދެނީ

ހުޅުމާލޭގައި މީގެކުރިން ހިނގި އެކްސިޑެންޓެއް - ފޮޓޯ: ރާއްޖެއެމްވީ

ހުޅުމާލޭގައި މިރޭ ވެސް އެކްސިޑެންޓެއް ހިނގާ ދެ މީހަކަަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ހުޅުމާލެ ހައިވޭ ކައިރީން ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ދެ ސައިކަލް ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި އަންހެނަކާއި ފިިރިހެނަކަށް އަނިޔާވެފައިވާއިރު އެ މީހުންނަށް ދަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ހުޅުމާލޭގައި ރޭ ވެސް އެކްސިޑެންޓެެއް ހިނގި އިރު މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެފަ އެވެ.