Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

އެކްސިޑެންޓުވެ ވެންޓިލޭޓަރުގައި ފަރުވާދިން ޒުވާނާ ނިޔާވެއްޖެ

މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ މިރޭ ނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓްގައި ނިޔާވީ ގދ. ގައްދޫ، ޖުޕިޓާ، މުޙައްމަދު ލީވާން ޢަބުދުލްލަތީފް، 21، އެވެ. އޭނަ ނިޔާވީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށެވެ.

މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތިން ދަންވަރު 1:00 ޖަހަން އުޅެނިކޮށް ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގައި ޖެހި އެ ސައިކަލުގެ ކުރީކޮޅު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް ޒުވާނަކު ވަނީ ނިޔާވެފަ އެވެ.