ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އައި ބިދޭސީއަކު ވައްކަންކޮށްގެން ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ފުލުހުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖެހި ބިދޭސީ މީހާ އަކީ ބަންގްދަލޭޝް އަށް ނިސްބަތްވާ ނާސިރު ޝިކްޑަރު ނަމަކަަށް ކިޔާ ބަންގްލަދޭޝް ކިޔާ 34 އަހަރުގެ މީހެކެވެ.
ވައްކަންކޮށްގެން އޭނަ ހައްޔަރުކުރި ނަމަވެސް އެކަމާ ގުޅޭ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އެހެން ނަމަވެސް އޭނާ ކުރި ވައްކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ކޯޓުން އޭނަގެ ބަންދަށް މުއްދަތު ޖެހީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅެމުން އަންނަ އިރު، މީގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ މީހުން ގިނަ އެވެެ. އަދި އެފަދަ މީސްމީހުން ތަފާތު ކުށްތަކަށް އަރައިގަތުމަކީ ވެސް އާންމު ކަމެކެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މިހާރު އަންނަނީ ބޮޑު އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.