ޑޮލަރު ވިއްކާ ކަމަށް ބުނެ މަކަރާ ހީލަތުން ފައިސާ އަތުލާ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ޑޮލަރު ވިއްކާ ކަމަށް ބުނެ، ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާ ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި، އިތުބާރުހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާ މުއާމަލާތްކުރުމަކީ މިފަދަ ސްކޭލްތަކުގެ ޝިކާރައަކަށްވުމުން ސަލާމަތްވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިފަހުންވެސް ގިނަ އަދަދެއްގެ ފައިސާއާއެކު ބިދޭސީންތަކެއް އަތުލައިގަނެފައިވެއެވެ.