ސަރުކާރުގެ އެހީގެ ދަށުން ތިނަދޫގައި ހުވަދޫ ރެކްރިއޭޝަން އިން ގާއިމްކުރި ސާފިން ހަޓް ހުޅުވައިފި އެވެ.
ހަޓް ހުޅުވައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝައްމާން އާއި ތިނަދޫގެ މޭޔަރު ސައުދު އަލީ އެވެ.
މިއީ މިދިޔަ ވަނަ އަހަރު މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުމަށްޓަކައި ޔޫތު މިނިސްޓްރީން ދިން ގްރާންޓްގެ ދަށުން ހެދި ތަނެކެވެ. ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްއަށް 245،000ރ. ރުފިޔާގެ އެހީ ދީފައިވެ އެވެ. ހުވަދޫ ރެކްރިއޭޝަންގެ ފަރާތުން އެހެނިހެން ގޮތުން ހޯދި އެހީ އެކީ ހޯދި 35،000ރ. އާ އެކީ މުޅި ޕްރޮޖެކްޓަށް ޖުމްލަ 280،000ރ. ހަރަދުކޮށްފައިވެ އެވެ.
ސާފިން ހަޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝައްމާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވިސްނުމަކީ ޖަމިއްޔާތަލާއި ޒުވާނުން ބާރުވެރިކުރުވުން ކަމަށާއި މައިގަނޑު މަސައްކަތަކީ ޒުވާނުންގެ ހުނަރާއި ޒުވާނުންގެ ބައިވެރިވުން މުޖުތަމައުގެ އެކި ކަންކަމުގައި ފުޅާކުރުމުގެ މަސައްކަތް ކުރުން ކަމަށެވެ.
އޭނަ ވިދާޅުވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުގެ ސީދާގެ އިރުޝާދުގެ ދަށުން ޒުވާނުންގެ ކަންކަން ރާވައި ހިންގަމުން އަންނަ އިރު ތިނަދޫގައި ސާފިން ހަޓެއް ހެދިގެން ދިއުމުން ދައްކައިދެނީ ޒުވާނުން މުޖުތަމައުގެ ތަރައްގީގައި ބައިވެރިވާން ބޭނުންވާ މިންވަރު ކަމަށެވެ.