Last Updated: September 19, 05:57
Thursday, September 19, 2024
މުނިފޫހިފިލުވުން

އެކްޓަރު ވިކާސް މަރުވެއްޖެ

ވަރަށް ގިނަ ޓީވީ ސިލްސިލާތަކެއް ކުޅެފައިވާ އިންޑިއާގެ އެކްޓަރު ވިކާސް ސޭތީ މިއަދު މަރުވެއްޖެ އެވެ.

މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރްގެ 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" ގައި ވެސް ކުރު ސަޕޯޓިން ރޯލެއް ކުޅުނު ވިކާސް މަރުވި އިރު އުމުރަކީ 48 އަހަރެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ވިކާސްގެ މަރުގެ ޚަބަރާ އެކީ ޓީވީ އިންޑަސްޓްރީގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނަގެ ހަނދާންތައް އާކޮށް އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިކާސް މަރުވި އިރު، 2021 އިން ފެށިގެން އޭނަ އުޅެމުން އައި މާލީ ވަރަށް ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އަދި އެކަމާ ހުރެ އޭނަ އަށް ޑިޕްރެޝަނާ ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށްވެ އެވެ.

ދެހާހުގެ ކުރީކޮޅު ބޮޑު މަޝްހޫރު ކަމެއް ލިބުނު ވިކާސް ކުޅުނު މަޝްހޫރު ބައެއް ސިލްސިލާތަކުގެ ތެރޭގައި "ކިޔުކީ ސާސް ބީ ކަބީ ބަހޫ ތީ"، "ކަހީ ތޯ ހޯގާ"، "ކަސޯޓީ ޒިންދަގީ ކޭ"، "ޔެ ވާދާ ރަހާ" އަދި "ސަސުރާމް ސިމަރު ކާ" ހިމެނެ އެވެ. ވިކާސް މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2001 "ދީވާނާޕަން"، 2003 ގެ "އޫޕްސް" އަދި 2019 ގެ "އައި ސްމާޓް ޝަންކަރް" ހިމެނެ އެވެ.

ވިކާސް އަކީ އެއްމާބަނޑު ދެ ފިރިހެން ކުދިންގެ ބައްޕައެކެވެ.