Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު

ދުވާފަރުގައި ގަސް ކަނޑާ މައްސަލަ ބޮޑުވެއްޖެ

ރ. ދުވާފަރުގެ އެކި ސަރަހައްދުތަކުގައި ހުރި ގަސްތައް ގަވާއިދާ ހިލާފަށް ކަނޑާ މައްސަލަ ބޮޑުވެ އެކަން ނުކުރަން އެ ރަށު ކައުންސިލުން އަންގައިފި އެވެ.

ދުވާފަރު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ރަށުގެ އެކި ސަރަޙައްދުތަކުގައި ހެދިފައި ހުރި ގަސްތައް، ބައެއް ފަރާތްތަކުން ޤަވާޢިދާ ޚިލާފަށް ކަނޑަމުންދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިފަދަ ކަންކަމަކީ ރަށުގެ ވެއްޓަށް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ ކަމެއްގެ އިތުރުން ރަށުގެ ފެހިކަން ނެތި ދިޔުމަށް މެދުވެރިކުރުވާނެ ކަމެއް ކަމަށާއި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

ކައުންސިލުން ވަނީ މިފަދަ ކަންކަން ނުކުރުމަށާއި އަދި މިފަދަ ޢަމަލުތައް ހިންގާފަރާތެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް އެ އިދާރާގެ ހޮޓްލައިން 6582701 އަށް ގުޅައި ރިޕޯޓް ކުރުމަށް އެދިފަ އެވެ.