ފ. މަގޫދޫ ސްކޫލަށް އެ ރަށު ކައުންސިލުން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އެހީ ދޭން ނިންމައިފި އެވެ.
މިކަމާ ގޔުޅޭ އެެއްބަސްވުމުގައި ދެ ފަރާތުން ވަނީ ސޮއި ވެސްކޮށްފަ އެވެ.
މަގޫދޫ ކައުންސިލުން ބުނީ ރަށު ސްކޫލަށް ދޭން ނިންމި އެހީ ސްކޫލްގެ ސްކޫލްގެ ފެންވަރު ރަނގަޅު ކުރަން ދޭން ނިންމި އެހީއެއް ކަމަށެވެ. އެގޮތުން އެއްބަސްވުމުގެ ދަށުން ސްކޫލުގެ ކޮމްޕިއުޓާ ލެބް އިތުރަށް ތަރައްގީކޮށް އިންޑޯ/އައުޓްޑޯ ލައިބްރަރީއެއް ގާއިމުކޮށް ސްކޫލުގައި ރަނގަޅު ބަގީޗާއެއް ތަރައްގީކުރުމުގެ އިތުރުން ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރަން ހަމަޖެހިފައިވެ އެވެ.
ކައުންސިލުން ބުނި ގޮތުގައި މި ކަންކަން ކުރަން މަގުދޫ ސްކޫލަށް ކައުންސިލުން އެހީގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދޭނެ އެވެ.
ގްރޭޑް 12 އާ ހަމައަށް ކިޔަވައި ދެމުން އަންނަ މަގޫދޫ ސްކޫލުގައި 200 އެއްހާ ދަރިވަރުން ކިޔަވަ އެވެ.