މާލޭގެ ގެއެއްގައި ގަވައިދާ ހިލާފަށް ގެއެއްގައި އޭސީ މަރާމާތުކުރަން ހިންގަމުން ވޯކްޝޮޕެއް ހުއްޓުވައިފި އެވެ.
މާލޭ ސިޓީ ކައުންސިލްއިން ބުނީ އެ ތަން ހިންގަމުން ދިޔައީ މާފަންނުގައި މީހުން ދިރިއުޅެމުން އަންނަ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ. އެކަން ކައުންސިލްގެ ސަމާލުކަމަށް އައުމާ ގުޅިގެން ތަން ބަލައި ފަސް، ވޯކްޝޮލް ހުއްޓުވާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި އެ ތަނުގައި މަސައްކަތް ކުރަން ތިބީ ބިދޭސީންނަށްވާތީ އެއީ ގަވައިދާ އެއްގޮތަށް އުޅޭ ބައެއްތޯ ބަލަން އިމިގްރޭޝަނަށް ވެސް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
މާލެ ސަރަހައްދުގައި ބިދޭސީން ތަފާތު އެކި ކަހަލަ މަސައްކަތްތައް ގަވާއިދާ ހިލާފަށް ވިޔަފާރި އުސޫލުން ހިންގަމުންދާތީ އެފަދަ މީސްމީހުން އަތުލައިގަތުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.