ބޮލީވުޑްގައި މިހާރު ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ހޮރޯ-ކޮމެޑީ ޖޯންރާގެ އާ ފިލްމަކަށް އަކްޝޭ ކުމާރު ސޮއިކޮށްފި އެ ފިލްމު މިއަދު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ކުޅަދާނަ ޑައިރެކްޓަރު ޕްރިޔަދަރުޝަން ހަދަން ހަމަޖެހިފައިވާ މި ފިލްމުގެ ނަމަކީ "ބޫތު ބަނގްލާ" އެވެ. ވަރަށް އަވަހަށް ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ފިލްމަކީ އަކްޝޭ އާއި އެކްތާ ކަޕޫރް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ބޫތު ބަނގްލާ" ގައި އަކްޝޭއާ އެކީ ބަތަލާގެ ރޯލު ކުޅޭނީ ކަޕޫރެވެ. އެކީގައި ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އެ ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ 2019 ގެ "ގުޑް ނިއުސް" އިންނެވެ.
އަކްޝޭ އާ ހޮރޯ-ކޮމެޑީއަކަށް ސޮއިކުރި އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ހޮރޯ-ކޮމެޑީ "އިސްތިރީ 2" ގެ ވަރަށް ހާއްސަ ފެނިލުމެއްގައި ވެސް އޭނަ ހިމެނެ އެވެ. އަދި ކުރިން ވެސް ޕްރިޔަދަރުޝަނާ އެކީ އަކްޝޭ ވަރަށް ކާމިޔާބު ހޮރޯ-ކޮމެޑީއެއްގެ މަސައްކަތްކުރި އެވެ. އެއީ 2007 ގެ "ބޫލް ބުލައްޔާ" އެވެ.
އަކްޝޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް ފިނި ތަރުހީބެއް ލިބުނު ކޮމެޑީ "ކޭލް ކޭލް މޭ" އެވެ.