Last Updated: September 19, 05:57
Thursday, September 19, 2024
ދުނިޔެ

އިންޑިއާގެ މަސްވެރިންތަކެއް ލަންކާ އިން އަތުލައިގެންފި

ގަވާއިދާ ހިލާފަށް ސްރީ ލަންކާގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުން ދިޔަ އިންޑިއާގެ މަސްވެރިންތަކެއް އަތުލައިގެންފި އެވެ.

ލަންކާ އުތުރުގެ ނޭވަލް ކޮމާންޑުން ބުނީ އިންޑިއާގެ މަސްވެރިން އަތުލައިތީ ޑެލްފްޓް އައިލޭންޑް ސަރަހައްދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ތިން އުޅަނދަކާއި އެ އެއްޗެހީގައި ތިބި 14 މީހަކު މިހާރު ތިބީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

މި އަހަރުގެ މިހާތަނަށް އިންޑިއާގެ 50 އުޅަނދަކާއި 359 މަސްވެރިޔަކު ލަންކާ އިން އަތުލައިގެންފައިވެ އެވެ.