Last Updated: September 19, 05:57
Thursday, September 19, 2024
ދުނިޔެ

އިންޑިއާ އިން ވެސް އެމްޕޮކްސްގެ ކޭހެއް

އެމްޕޮކްސް ޖެހިފައިވާ މީހަކު އިންޑިއާ އިން ވެސް ފެނިއްޖެ އެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނީ ބަލި ޖެހިފައި ވަނީ ޒުވާން ފިރިހެނަކަށް ކަމަށާއި އޭނަ އަކީ އެމްޕޮކްސް އެންމެ ބާރަށް ފެތެރެމުންދާ އެފްރިކާގެ ގައުމަކަށް ދާދި ފަހުން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެ މީގެ ފަރާތުން ބަލީގެ އަލާމަތްތަކެއް ފެނުމާ ގުޅިގެން އެކަހެރިކޮށް، ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ އިރު، އޭނައާ ކޮންޓެކްޓްވީ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

މިއީ އިންޑިއާ އިން އެމްޕޮކްސްގެ ކޭހެއް މި އަހަރު ފެނުނު ފުރަތަމަ ފަހަރެވެ.

އެމްޕޮކްސް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާތީ ޑަބްލިއުއެޗްއޯ އިން މިދިޔަ މަހުގެ 14 ގައި ވަނީ ސިއްހީ ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފަ އެވެ. އެ ބަލި މި އަހަރި ޖެހުނު މީހުންގެ އަދަދު 15،600 އިން މަތީގައި އުޅޭ އިރު، ބަލީގައި މަރުވި މީހުންގެ އަދަދު 537 އަށް އަރަ އެވެ.