Last Updated: November 26, 13:34
Tuesday, November 26, 2024
ޚަބަރު

އޭޖީ އޮފީހަށް އާ ޕާމަނަންޓް ސެކެރެޓަރީއެއް

ބަންޑާރަނައިބުގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ސުލްޠާނާ ޝާކިރު ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ޢައްޔަންކުރައްވައިފި އެވެ.

ސުލްޠާނާ އެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ، ބަންޑާރަނައިބުގެ އޮފީހުގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް އެވެ. މި ރަސްމިއްޔާތުގައި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި، ބަންޑާރަނައިބުގެ އޮފީހުގެ އިސްވެރިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެ އެވެ.

ސުލްތާނާ ވަނީ ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް ވައިކަޓޯއިން ބެޗެލަރ އޮފް ސޯޝަލް ސައިންސަސް ފުރިހަމަކުރައްވައި، މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިން މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ ޙާސިލްކުރައްވާފަ އެވެ. ސުލްތާނާ ވަނީ ސަރުކާރުގެ އިދާރާތަކާއި، ޖުޑީޝަރީގައްޔާއި، އަމިއްލަ ޖަމްޢިއްޔާތަކުގައި ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވާފަ އެވެ.

އެގޮތުން، 2012 އިން ފެށިގެން 2019 އަށް ބަންޑާރަނައިބުގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމު ސުލްތާނާ އަދާކުރެއްވި އެވެ. ސުލްތާނާ އެންމެ ފަހުން ހުންނެވީ ހައިކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުކަމުގެ މަޤާމުގަ އެވެ.