Last Updated: September 19, 05:57
Thursday, September 19, 2024
ދުނިޔެ

އައިފޯން 16 ދައްކާލައިފި

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އައިފޯން 16 ސީރީޒް ދައްކާލައިފި އެވެ.

އެޕަޕް އިން "އިޓްސް ގްލޯޓައިމް" ގެ ނަމުގައި ބޭއްވި އިވެންޓްގައި އައިފޯން 16 ގެ ހަތަރު މޮޑެލްއެއް ދައްކާލާފައިވެ އެވެ. އައިފޯން 16، އައިފޯން 16 ޕްރޯ، އައިފޯން 16 ޕްލަސް އަދި އައިފޯން 16 ޕްރޯ މެކްސް އެވެ. ކުލަތަކަށް ބަލާ އިރު އައިފޯން ޕްރޯ އާއި އައިފޯން ޕްރޯ މެކްސް ލިބޭނެ ކުލަތަކަކީ ސްޕޭސް ބްލެކް، ވައިޓް، ގްރޭ އަދި ރޯސް އެވެ. އަދި އައިފޯން 16 އާއި އައިފޯން 16 ޕްލަސްގެ ކުލަތަކުގެ ތެރޭގައި ހިމެނޭނީ ބްލެކް، ގްރީން، ޕިންކް، ބްލޫ، ވައިޓް އަދި ޔެލޯ އެވެ.

އައިފޯން 16 ސީރީޒްގެ ފޯނުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ވަރަށް މުހިއްމު ގިނަ ފީޗާތަކެއް ވެސް އެކުލެވޭނެ އެވެ. އަދި މި މޮޑެލްތަކުގައި ކެމެރާތަކުގައި ވެސް ވަރަށް ހާއްސަ ގިނަ ފީޗާތަކެއް އެކުލެވޭނެ ކަމަށް އެޕަލް އިން ބުންޏެވެ.

އައިފޯން 16 ގެ އަގު 799 ޑޮލަރުން ފެށޭ އިރު އައިފޯން 16 ޕްލަސްގެ ފެށޭ އަގަކީ 899 ޑޮލަރެވެ.އަދި އައިފޯން 16 ޕްރޯގެ އަގު 999 ޑޮލަރުން ފެށޭއިރު ޕްރޯ މެކްސް ފެށޭ އަގަކީ 1،199 ޑޮލަރެވެ.

އެޕަލް އިން ބުނީ ހުކުރު ދުވަހުން ފެށިގެން ޕްރީ_އޯޑަރަށް ހުޅުވައިލާނެ ކަމަށެވެ. އަދި މި މަހުގެ 20 އިން ފެށިގެން ފޯނު ވިއްކަން ފަށާނެ އެވެ.