ޖުލައި މަހުން ފެށިގެން އަމަލްކުރަން ފަށާ އާ ޤާނޫނުލްޢުޤޫބާތަށް ފުލުހުން އަހުލުވެރި ކުރުވަން ކުރިޔަށް ގެންދާ ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން އައްޑޫ ސިޓީގައި މަސައްކަތް ކުރާ ފުލުހުންނަށް ޙާއްސަކޮށްގެން ޕްރޮގްރާމެއް ހިންގައިފިއެވެ.
އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި ފުލުހުންނަށް މައުލޫމާތު ދެއްވީ ޔޫއެންޑީޕީ އާއި އެޓާނީ ޖެނެރަލް އޮފީސް ގުޅިގެން، ގާނޫނުލް އުގޫބާތަށް ހޭލުންތެރިކުރަން ހިންގާ ޕްރޮގްރާމްގެ ސީނިއާ ކޮންސަލްޓެންޓްގެ ގޮތުގައި ވެސް ހުންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ހުސައިން ޝަމީމެވެ.
އައްޑޫގައި މަސައްކަތް ކުރާ ހުރިހާ ފުލުހުންނަށް ބައިވެރިވެވޭ ގޮތަށް ހިންގި މިތަމްރީނު ޕްރޮގްރާމުގައި ޤާނޫނުލްޢުޤޫބާތުގެ މުހިއްމު މާއްދާތަކާ އަދަބުތަކާ އެކިއެކި ކުށްކުށުގައި ޝަރުޢީ މަރުޙަލާގައި ކަން ހިނގާނެ ގޮތުގެ މަޢުލޫމާތު ދީފައިވެ އެވެ.
ޤާނޫނުލްޤޫބާތަށް ފުލުހުން އަލުވެރި ކުރުވުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ހުރިހާ ފުލުހުން ބައިވެރި ކުރަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމުމާ ގުޅިގެން މިހާރު ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އަދި ބައެއް ޑިވިޝްތަކުގައި މި ޕްރޮގްރާމް ވަނީ ހިންގައި ނިންމައިފަ އެވެ.
މިއީ އައްޑޫ ސިޓީގައި މިފަދަ ޕްރޮގްރާމެއް ހިންގި 2 ވަނަ ފަހަރެވެ.