ގދ. ގައްދޫގައި ބިދޭސީން ކުރާ މަސައްކަތްތަކަށް ދުވަހުގެ އުޖޫރަ ކަނޑައަޅައިފި އެވެ.
އެ ރަށު ކައުންސިލުން ބުނީ ދުވަހު އުޖޫރަ ކަނޑައެޅީ ލާމަރުކަޒީ ގާނޫނުގެ 148 ވަނަ މާއްދާ އާއި 149 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާޢިދުގެ އުޞޫލުތަކާ އެއްގޮތަށް ކައުންސިލުން ފާސްކޮށް ކަމަށެވެ.
ގައްދޫ ކައުންސިލުން ކަނޑައެޅި ބިދޭސީންގެ ދުވަހު އުޖޫރަ އުސޫލުގައިވާ ގޮތުން ކޮންސްޓްރަކްޝަން މަސައްކަތުގެ ތެރެއިން ރާނައި ސިމެންތި ޖެހުމުގެ މަސައްކަތުގެ ދުވަހުގެ އުޖޫރަ އަކީ ކެއުމާ އެކީ 300ރ. ކަމަށެވެ. އަދި އެ ދާއިރާގެ އެހެން މަސައްކަތުގެ ދުވަހުގެ އުޖޫރަ އަކީ ކެއުމާ އެކީ ދުވާލަކަށް 250ރ. އެވެ.
ހަމަ މިއާ އެކީ ނަރުދަމާ ޖަންކްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޮނުން ފަދަ މަސައްކަތްތަކަށް ދުވަހުގެ އުޖޫރަ އަކީ ވެސް އެވެ. މީގެ އިތުރުން ފައިބަރު މަސައްކަތްތަކަށް ދުވަހުގެ އުޖޫރަ އަކީ ކެއުމާ އެކީ 300ރ. އެވެ.
ގައްދޫ ކައުންސިލުން ބުނީ އުސޫލުގައި ބަޔާންކޮށްފައި ނުވާ މަސައްކަތްތަކަށް ދުވާލަކަށް ކެއުމާ އެކީ ކޮންމެ މީހަކަށް ދެވޭނީ 250ރ. ކަމަށެވެ.