Last Updated: November 30, 11:39
Saturday, November 30, 2024
ޚަބަރު

ޝެއިޚް އިލްޔާސް އާއި ޑރ. އިޔާޒް ފިގުހު އެކަޑަމީ އިން ވަކިކޮށްފި

ފިގުހު އެކަޑަމީގައި ތިއްބެވި ޑރ.އިޔާޒް އަބްދުއްލަތީފާއި މަޝްޙުރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން އާއި އަދާލަތު ޕާޓީގެ ބައެއް ބޭފުޅުން ވަކިކުރުމަށްފަހު އެކޮމެޓީ އަލުން އެކަލަވާލައިފިއެވެ.

އަދާލަތުގެ ފަރާތުން އެ އެކަޑަމީގައި ކުރިން ތިއްބެވީ، އެޕާރޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އިލްޔާސް ހުސައިން އާއި، ފިގުހު އެކަޑަމީގެ ކުރީގެ ނައިބް ރައީސް ޑރ.އިޔާސް އަބުދުއްލަތީފާއި، އަދާލަތު ޕާޓީގެ ކައުންސިލު މެންބަރު އަނާރާ ނައީމެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު އަލުން އެކުލަވާލި ފިގުހު އެކަޑަމީ ގައި ހިމެނިވަޑައިގަންނަވަނީ، ޑރ.ގުބާދު އަބޫބަކުރާއި، ޝެއިހް މުހައްމަދު ލަތީފާއި، ޝެއިހް އަލީ ޒާހިރާއި، ޝެއިހް އާދަމް ޝަމީމް އިބްރާހީމާއި، މުހައްމަދު އީސާ އާއި، އަބުދުއްސައްތާރު އަބުދުލް ހަމީދާއި، ޝެއިހް އަލީ ނަޖީބާއި، ޝެއިހް އިސްހާގު މުހައްމަދުފުޅާއި، ސާމިޔާ ޒަކަރިއްޔާ އާއި، ޝެއިހް އިބްރާހީމް އަހުމަދާއި، ޝެއިހް ހަސަން ތައުފީގާއި، ޑރ.އައިޝަތު މުނީޒާ އާއި، މަރިޔަމް ޝަބާނާ އާއި، ހަސަން ސައީދެވެ.

އާ އެކަޑަމީގެ ރައީސަކަށް އިންތިހާބު ކޮށްފައިވަނީ ކުރިން ވެސް އެމަގާމުގައި ހުންނެވި މުހައްމަދު ރަޝީދު އިބްރާހީމެވެ. ނައިބް ރައީސަކަށް އިންތިހާބުވެވަޑައިގެންނެވީ އިބްރާހީމް ރަޝީދު މޫސާއެވެ.