Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

މިދިޔަ މަހު އާމްދަނީ އަށް 1.98 ބިލިއަން ރުފިޔާ

ދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.98 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

އެތަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު އެއީ މި މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ 34.5 ޕަސެންޓް އިތުރު އަދެދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ އޮަގަސްޓް މަހު ލިބުނު އާމްދަނީއަށް ވުރެ 24 ޕަސެންޓް އިތުރު އަދަދެކެވެ.

މިރާ އިން ބުނީ މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ އުޅެނީ 62.82 މިލިއަންގައި ކަމަށެވެ.

މިދިޔަ މަހުގެ އާއްމަދަނީ އިތުރުވީ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި ކުންފުނިތަކުގެ އާމްދަނީ ނަގާ ޓެކުހާއި ޖީއެސްޓީ އަދި ގްރީން ޓެކުހުގެ އާމްދަނީ އިތުރުވުމުން ކަމަށް ވެސް ދައުލަތުގެ ޓެކްސް އިދާރާ އިން ބުންޏެވެ.

މިދިޔަ މަހު ވެސް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.06 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ މަހު ލިބުނު އާމްދަނީގެ 53.3 ޕަސެންޓެވެ. ދެން އެންމެ ގިނަ އާމްދަނީއެއް މިދިޔަ މަހު ލިބުނީ އިންކަމް ޓެކުހުންނެވެ. އިންކަމް ޓެކްހަށް 472655201ރ. ލިބުނު އިރު އެއީ މީ މިދިޔަ މަހުގެ އާމްދަނީގެ 23.9 އިން ޕަސެންޓެވެ.

އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 90.85 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ޑިޕާޗާ ޓެކުހުގެ ގޮތުގައި 89.13 މިލިއަން ރުފިޔާ މިދިޔަ މަހު ލިބުނެވެ.