Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

ފޭކު ބަޔާނެއްގެ މައްސަލަ: ތޮއްޔިބުގެ ފޯނު ހިފަހައްޓައިފި

ސައްހަ ނޫން ބަޔާނެއްގެ މައްސަލައިގައި، ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމްގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާފައިވަނީ، ސައްހަ ނޫން ބަޔާނެއް ފުލުހުންގެ ނަމުގައި ދައުރުކުރަމުންދާ މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެގޮތުން އޭނާގެ ފޯނާއި އިލެކްޓްރޯނިކް ބައެއް ސާމާނު ހިފަހައްޓާފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ތޮއްޔިބަކީ ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި ސަރުކާރަށް ފާޅުކަންބޮޑު ގޮތެއްގައި ފާޑުކިޔަމުން އަންނަ މީހެކެވެ.