އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އަންނަ އާދީއްތަ ދުވަހު ސަރުކާރު ބަންދު ކޮށްފައި ވަނީ ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހާ ގުޅިގެންނެވެ.
އިމިގްރޭޝަނުން ބުނީ އާދީއްތަ ދުވަހު ޕާސްޕޯޓު ހެދުމަށްޓަކައި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށައެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި ޕާސްޕޯޓު ދޫކުރުމަށްޓަކައި ނަންބަރު ދޫކުރާނީ އެ ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 2:00 އަށެވެ.
ސެޕްޓެންބަރު 15 ވަނަ ދުވަހު މާލޭ އޮފީހުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައި.
#DhivehiPassport #MaldivesImmigration pic.twitter.com/8BPaqvPwLC
— Maldives Immigration (@ImmigrationMV) September 12, 2024
މީގެ ކުރިން ވެސް ރައްޔިތުންނަށް ފަސޭހަ ކުރުމަށްޓަކައި ބަންދު ދުވަސްތަކާ ދިމާކޮށްވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ދީފައިވެ އެވެ.