Last Updated: January 15, 09:21
Wednesday, January 15, 2025
ޚަބަރު

ޒަކާތު ފަންޑުން މިދިޔަ މަހު 130 މީހަކަށް އެހީވެއްޖެ

ފިތުރު ޒަކާތް ދައްކަނީ - ފޮޓޯ: ޒަކާތު ހައުސް

ޒަކާތު ފަންޑުން މިދިޔަ މަހު 130 މީހަކަށް އެހީވެއްޖެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެހީގެ ގޮތުގައި ދިނުމަށް މިދިޔަ މަހަށް ކަނޑައަޅާފައި އޮތީ 1123400.27ރ. އެވެ.

އެހީގެ ގޮތުގައި މިދިޔަ މަހު 733436.60 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ޒަކާތު ފަންޑުން މިދިޔަ މަހު ބޭސްފަރުވާގެ ހަތަރު ކަމަކަށް ވަނީ އެހީ ފޯރުކޮށްދީފަ އެވެ. އެގޮތުން ކެންސަރު ބައްޔާއި، ހިތުގެ އޮޕަރޭޝަން، ކިޑްނީ ބަލިތަކާއި، ސިކުނޑީގެ އޮޕަރޭޝަންގެ ހިމެނެ އެވެ. މިގެ އިތުރުން އެހެނިހެން ކަންކަމަށްވެސް ޒަކާތުފަންޑުން ވަނީ އެހީދީފަ އެވެ. ޒަކާތު ފަންޑުން މަހު އެހީގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލު:

ކެންސަރަށް ފަރުވާ ކުރުން (385885.00 ރުފިޔާ)

ހިތުގެ އޮޕަރޭޝަން ކުރުމަށް (25443.00 ރުފިޔާ)

ކިޑްނީ ބަލިތަކަށް ފަރުވާ ކުރުމަށް (157205.00 ރުފިޔާ)

ސިކުނޑީގެ ބަލިތަކަށް ފަރުވާ ކުރުމަށް (157205.00 ރުފިޔާ)

ސިކުނޑީގެ އޮޕަރޭޝަން ކުރުމަށް (130886.00 ރުފިޔާ)

އެހެނިހެން (4125500.27 ރުފިޔާ)

ޒަކާތު ހައުސް އުފެއްދެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ގަ އެވެ. އަދި އެތަން ރަސްމީކޮށް އިފުތިތާހުކުރީ ޖެނުއަރީ 2 ގަ އެވެ.