Last Updated: January 15, 09:21
Wednesday, January 15, 2025
ޚަބަރު

މުދަލު ޒަކާތުން ބޮލަކަށް 4،000ރ. ބަހަން ފަށައިފި

މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު ކަމަށެވެ. އެގޮތުން މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި މާލެއާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް، ބޮލަކަށް 4000ރ. ޒަކާތުގެ ގޮތުގައި ބަހާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިދިޔަ އަހަރު ބޮލަކަށް 3500ރ. މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000ރ. އެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700ރ. އެވެ.

ޒަކާތުގެ ފައިސާ ޖަމާކުރަމުންދަނީ 2021 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އޮތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކުގެ އެކައުންޓުތަކަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16,781610.99ރ. ދޫކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.