ދެ ގައުމުގެ ފައިސާ އިން މުއާމަލާތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީސީ) އާ އެކީ ހެދި އެެއްބަސްވުމުގެ ސަބަބުން ރާއްޖެ އަށް އެ ގައުމުގެ ޓޫރިސްޓުންގެ އަދަދު ކުރިއަށް އޮތް ތަނުގައި އަދި މާ ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
އެ ދައުމުން ސޮއިކުރި އެއްބަސްވުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ އެ އެއްްބަސްވުމަކީ ދެ ގައުމުން ގުޅުން އިތުރަށް ވަރުގަދަވެ، ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ ކަމެއް ކަމަށެވެ. އެގޮތުން ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
Local Currency Settlement framework agreement marks an important milestone on HEP's policy on strengthening economic ties with China.
This will make payments easier for Chinese tourists, boost arrivals and benefit the tourism sector and industries reliant on trade with China. pic.twitter.com/XP1MhQHz3j— Ibrahim Faisal (@ifaisalofficial) September 13, 2024
ޗައިނާ އަކީ މިހާރު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އަދި އެ ގައުމުން މި އަހަރުގެ މިހާތަނަށް 200،000 އާ ގާތްކުރާ އަދަދަކަށް ޓޫރިސްޓުން އައިސްފައިވެ އެވެ.
ޗައިނާ އިން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށްޓަކައި ސަރުކާރުން އަންނަނީ އިތުރު މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އޭގެ ތެރޭގައި ޗައިނާގެ އިތުރު އެއާލައިންތައް ރާއްޖެ އަށް ގެންނަން ކުރެވޭ މަސައްކަތްތައް ހިމެނެ އެވެ.