ޗައިނާގެ ތިން ސިޓީއަކަށް ޖެނެރަލް ކާގޯ ސޭލްސް އޭޖެންޓް (ޖީއެސްއޭ) އިން ހޯދަން ގައުމީ އެއާލައިން މޯލްޑިވިއަނުން ހުޅުވާލައިފި އެވެ.
އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) އިން އޮޕަރޭޓްކުރާ އެއާލައިނުން އޭޖެންޓުން ބުނީ ޗައިނާގެ ވެރިރަށް ބެއިޖިން އާއި ގަންޒޯގެ އިތުރުން ޗެންޑޫއަށް ކަމަށެވެ. އެހެންވެ މި ތިން ސިޓީގައި ޖީއެސްއޭގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އީއައިއޯ ފޮނުވަން ޖެހެނީ އެ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން މި procurement.admin@iasl.aero ،mohamed.ziyau@iasl.aero & mohamed.shaee@iasl.aero މެއިލްތަކަށެވެ.
މޯލްޑިވިއަނުން ޗައިނާ އަށް ކާގޯ އޭޖެންޓުން ހޯދަން ހުޅުވައިލި އިރު، އެ ގައުމާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ދެ ގައިމުފެ ފައިސާ އިން މުއާމަލާތް ކުރަން މިހާރު ވަނީ ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީސީ) އާ އެކީ އެެއްބަސްވުމެއް ވެސް ހަދައިފަ އެވެ.
ޗައިނާއާ އެކީ ރާއްޖެ އޮތީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ވެސް ހަދައި، އެ އަމަލު ކުރުމުގެ މަރުހަލާގަ އެވެ.