Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ގައުމީ ބޮޑީބިލްޑިން ޓީމް އައްޑޫގައި

ރާއްޖޭގެ ގައުމީ ބޮޑީބިލްޑިން އައްޑު އަށް އަތުވެއްޖެ އެވެ.

އެ ޓީމު ރޭ އައްޑު އަށް އައުމުން ގަން އެއާޕޯޓް މަރުހަބާ ކީ އައްޑޫގެ ބައެއް ކައުންސިލަރުންނެވެ. އެގޮތުން ކައުންސިލްގެ ފަރާތުން އިސްކޮށް ހުންނެވީ މޭޔަރު އަލީ ނިޒާރެވެ.

ޤައުމީ ބޮޑީބިލްޑިން ޓީމްގެ އައްޑޫ މި ދަތުރަކީ މި އަހަރު ބާއްވަން ހަމަޖެހިފައިވާ "ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް" ޕްރީ-ލޯންޗް އިވެންޓަށް ތައްޔާރުވުމުގެ ގޮތުން ކުރާ ދަތުރެކެވެ. އެގޮތުން މި ދަތުރުގައިގެ އެ ޓީމްގެ ބޮޑީ ބިލްޑިން ސެޝަންތަކެއް ހިތަދޫ ކޮމިއުނިޓީ ސެންޓަރުގެ ޖިމްގައި ބޭއްވުމަށް ވެސް ނީ ހަމަޖެހިފައިވެ އެވެ.

"ވޯލްޑް ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް" މި އަހަރު ބާއްވަން ހަމަޖެހިފައި ވަނީ އައްޑޫގަ އެވެ. އެއީ ނޮވެމްބަރު 5-11 އަށް ކެނަރީފް ރިސޯޓްގަ އެވެ.

ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ޕޯލް ޗުއާ ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ދިނީ 2022، މިދިޔަ އަހަރު ދެކުނު އޭޝިއާ ބޮޑީބިލްޑިން މުބާރާތާއި 2022 ވަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ހޯސްޓްކޮށްފައިވާލެއް ފުރިހަމަކުން ކަމަށެވެ.

މިކަމާ ގުޅިގެން ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބުނީ މި ފުރުސަތު ލިބިގެން ދިޔައީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާ އެކީގައި ކަމަށެވެ.