ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު ބިނާކުރަން ވާނީ އިސްލާމް ދީނާއި ރާއްޖޭގެ އާދަކާދަތަކުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ ޑިމޮކްރަސީ ދުވަހާ ގުޅިގެންނެވެ.
އެގޮތުން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ޤައުމު ހިންގުމުގެ ޑިމޮކްރަޓިކް ނިޒާމު ބިނާކުރަންވާނީ، އިސްލާމް ދީނާއި، ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި ދިވެހި ވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) September 15, 2024
ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 15 ވަނަ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގެ ގޮތުގައެވެ.