Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

އަމިއްލަ ދަތުރުފުޅެއްގައި ނައިބު ރައީސް ފުވައްމުލަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު އަމިއްލަ ދަތުރުފުޅެއްގައި ފުވައްމުލަކަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ނައިބު ރައީސަށް ބޮޑުބޭބެ ވިދާޅުވާ، ޔޫތުމިނިސްޓަރު މަލީހު ޖަމާލު މިނިސްޓަރުކަމުން ވަކިކުރި ދުވަހުގެ ހަވީރު (ބުދަ ދުވަހު) އެރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ ފުވައްމުލަކު ސްކޫލަށް 46 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފައެވެ.

ފުވައްމުލަކު ސްކޫލްގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ޑރ. ޖަމީލު ދެއްކެވި ވާހަކަފުޅުގައި ކިޔެވި ސްކޫލުގައި އަދި އުފަން އަވަށުގެ ގިނަ ބަޔަކާއި ބައްދަލުކޮށްލުމަށް މިފަދަ ފުރުސަތެއް ލިބުމުން އުފާކުރާ ކަމަށް ވިދާޅުވިއެވެ.

އިތުބާރު ހުރިގޮތެއްގައި 'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލަކުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ބައެއް އިސްފަރާތްތަކުން ވަނީ ނައިބް ރައީސް އާއި ބައްދަލުކުރައްވައި މިހާރުގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންތަކާއި ބެހޭގޮތުން ވާހަކަދައްކާފައެވެ. އަދި އެބައްދަލުވުމުގައި ފުވައްމުލަކުގެ ޕީޕީއެމް އިސްބޭފުޅުން ވަނީ ނައިބު ރައީސަށް ބޮޑުބޭބެ ވިދާޅުވާ، ޔޫތުމިނިސްޓަރު މަލީހު ޖަމާލު މިނިސްޓަރުކަމުން ވަކިކުރުމާއި ގުޅިގެން އެބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ.

ނާއިބު ރައީސް އަމިއްލަ ދަތުރުފުޅެއްގައި ފުވައްމުލަކަށް ވަޑައިގެންފައި މިވަނީ ސިޔާސީ ގިނަ ފަރާތްތަކަކުން އެމަނިކުފާނާއި ރައީސް ޔާމީންގެ ގުޅުން އެހާ ރަނގަޅު ނޫންކަމަށް ބުނަމުން ގެންދާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.