ކުށުގެ ގިނަ ރެކޯޑްތަކެއް އޮތް ތ. ތިމަރަފުށީ ފާތުމަތު ސަހުދާ އަނެއްކާ ވެސް މާރާމާރީއެއްގެ މައްސަލައެއްގައ ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.
މި ފަހަރު ވެސް 30 އަހަރުގެ އަންހެން މީހާ ހައްޔަރުކުރީ ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައެއްގަ އެވެ. ކްރިިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ޝަހުދާ ހައްޔަރުކުރީ މީހަކަށް ކަޓަރުން ކަމަށް ބެލެވޭ އެއްޗަކުން ހަމަލާ ދީގެން ކަމަށެވެ.
އެ މާރާމާރީ ހިންގި ކަމަށް އޭނަ އިންކާރުކޮށްފައިވެ އެވެ. ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނަ ހަމަލާދިން ތަނަށް ދިޔައީ ފޯނު ހޯދަން ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ކޮން ތަނެއް ކަމަށް ކޯޓް އަމުރުން ސާފެއް ނުވެ އެވެ.
އެ މައްސަލައިގައި އޭނަގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
ތިމަރަފުށި ސަލްވާ، ޝަހުދާ އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން މާލޭގައި ފޯނު ވިއްކާ ފިހާރައަކަށް ވަދެ ސޭޓެއްގެ ކަރަށް ވަޅި ހެރި މައްސަލައެއްގައި ވެސް ހައްޔަރުކުރި މީހެކެވެ. އަދި އޭނަ އަކީ ދީނަށް ފުރައްސާރަ ކުރުމާއި މުދަލަށް ގެއްލުންތައް ފަދަ އެތައް މައްސަަލަތަކާ ހެދި ތިމަރަފުށީ ރައްޔިތުން ވެސް އޭނައާ ދެކޮޅަށް މުޒާހަރާކޮށްފައިވާ މީހެކެވެ.