މާލޭގައި ދެ އަންހެން ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ބައްޕަގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފިއެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނި އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.