ވާލުގެ އުނދަގޫ މިހާރު ވަރަށް ބޮޑުވެއްޖެ ކަމަށާއި މިކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރަން ޖެހޭ ކަމަށް ޝެއިހް މުހައްމަދު އަނީލް ވިދާޅުވެއްޖެ އެވެ.
އައްޑޫ ހިތަދޫގެ ޖަމިއްޔާއެެއް ކަމަށްވާ ނޫރުލް ރައީސް ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ވާލުގެ އުނދަގުލާ ހެދި މިހާރު ރަށުތެތޭގައި އުޅެން ވެސް ދަތިވެފައިވާ ކަމަށެވެ. އެގޮތުންް ސައިކަލުގައި ދާއިރާއި ހިނގާފައިދާ އިރު ވެސް ވާލުތައް މިހާރު ގައިގައި ޖައްސާ ކަމަށް އަނީލް ވިދާޅުވި އެެވެ.
"މިހާރު މި ކަހަލަ ކަމެއް ދިނުވާ މީހަކު މަދޭ ބުންޏަސް ގޮތަކަށް ނުވާނެ." އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އަނީލް ވިދާޅުވީ މިއީ މިހާރު ވަރަށް ބޮޑަށް ދައްކަން ޖެހިފައި އޮތް ވާހަކައެއް ކަމަށާއި މިކަމަށް ހައްލެއް ލިބޭތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ވާލުގެ އުނދަގުލުގެ ވާހަކަ "#ވައުލާމަކާފި" ހޭޝްޓެގްގެ ނަމުގައި އަމިއްލަ ތަޖުރިބާތައް މީސްމީހުން ހިއްސާކުރަން ވެސް އެދިވަޑައިގެންފައިވެ އެވެ.
އައްޑޫގައި ވާލުގެ އުނދަގޫ ބޮޑުވެގެން އެ ވާހަކަ މިހާރު މިސްމީހުން ދައްކަމުން އަންނަ އިރު، އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ވާލުތައް މިހާރު ވަރަށް ތިރިން އުނދުހޭ މައްސަލަ އެވެ.
އައްޑޫގައި މީގެ ކުރިން ވެސް ވާލު މަދުކުރުމުގެ ޕްރޮގްރާންތަކެއް ހިންގާފައިވެ އެވެ. އެހެންވެ މިހާރު އަނެއްކާ ވެސް އެފަދަ ޕްރޮގްރާމެއްގެ މުހިއްކުނަން އޮތީ ބޮޑުވެފަ އެވެ. ވާލުގެ ފަރާތުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ގަސްގަހުގައި އަޅާ މޭވާ ފަދަ ތަކެތި ކާ މައްސަލަ ހިމެނެ އެވެ. މިކަމާ ހެދި މޭވާ އަޅާ ދުވަސްވަރު ގޭގޭގެ ގަސްތަކުގައި ވާލުގެ ސަބަބުން ގަސްތައް ރައްކާތެރި ކުރަން ދާގަނޑު އަޅާފައި އޮންނަކަން ވެސް ފާހަގަކުރެވެ އެވެ.