Last Updated: November 26, 06:34
Tuesday, November 26, 2024
ޚަބަރު

އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ

ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން ބުނީ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން މިނިސްޓަރު އިހުސާންގެ ސެކިއުރިޓީއާ އެމްއެންޑީއެފުން ހަވާލުވީ ހެދި "ތްރެޓް އެސެސްމަންޓް" އަކަށް ފަހު ކަމަށެވެ.

އާންމު އުސޫލުގެ ދަށުން ވަޒީރުންގެ ތެރެއިން ސިފައިން ސެކިއުރިޓީ ފޯރުކޮށްދެނީ ޑިފެންސް މިނިސްޓަރަށެވެ.

މިނިސްޓަރު އިހުސާނަކީ މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއް ވަޒީރު ކަމަށްވާއިރު، ބިދޭސީންގެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް އޭނާގެ ބެލުމުގެ ދަށުން ހޯމް މިނިސްޓްރީއާ ގުޅުންހުރި އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ، އެ މީހުން ޑީޕޯޓް ކުރަމުން އަންނައިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދާ ހިލާފަށް ރާއްޖޭގައި ހިންގަމުންދާ ވިޔަފާރިތައް ވެސް ދަނީ ބަންދުކުރަމުންނެވެ. އެގޮތުން ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.