މާލޭގެ ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމިކް ލައިބްރަރީއެއް ޤާއިމްކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީގެ ފާއިތުވެ ދިޔަ 10 މަސްދުވަހުގެ ތެެރޭގައި ކުރެވިފައި ހުރި ކަންކަމުގެ މަޢުލޫމާތު ދެއްވުމަށް ޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން އިސްލާމީ މަރުކަޒުގައި ގާއިމުކުރި އިސްލާމިކް ލައިބްރަރީ ފާއިތުވެ ދިޔަ އަހަރުތަކުގައި ބަންދުކޮށް، އެ ތަނުގައި ހުރި ފޮތްތައް ގުދަންކޮށްފައިވާ ކަމަށެވެ.
އެހެންވެ އެ މި ކުތުބުޚާނާ އަލުން ސަލްމާނު މިސްކިތުގައި ހުޅުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އެ ލައިބްރަރީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރިން ހުޅުވަން އަމާޒު ހިފައި ރާއްޖޭގެ ހަ ރަށެއްގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި ވެސް އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަށް ޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އިސްލާމިކް ލައިބްރަރީތައް ގާއިމު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައ ހިމަނާފައިވާ ކަމެކެވެ.