ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކޮށް ކުރިއަރުވަން އެހީތެރިމަން ހޯދަން އިންޓަނޭޝަނަލް ފަންޑް ފޮ އެގްރިކަލްޗަ ޑިވެލޮޕްމަންޓް (އިފާޑް) އެކީ ފިޝަރީޒް މިނިސްޓްރީން އިއްޔެ މަޝްވަރާކޮށްފި އެވެ.
އިފާޑްގެ ކަންޓްރީ ޑިރެކްޓަރު ޝެރީނާ ތަބައްސުމްއާ އެކީ ބޭއްވި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާ އެކީ އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވި އެެވެ.
މިނިސްޓްރީން ބުނީ ބައްދަލުވުމުގައި މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑުގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
އެ ބައްދަލުވުމައި މިނިސްޓަރު ވަނީ މެރިކަލްޗަ ދާއިރާ ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާކަން ފާހަގަ ކުރައްވައި އެކަމާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ވިސްނުން އިފާޑާ ހިއްސާ ކުރައްވައިފަ އެވެ. އަދި މެރިކަލްޗަ ތަރައްގީ ކުރުމަށް މިނިސްޓްރީން މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ޝިޔާމު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މަސް ޕްރޮސެސްކުރުމުގައި އަންހެނުންގެ ދައުރު އޮތް މިންވަރު ވެސް ފާހަގަ ކުރައްވައި އެ ފަރާތްތަކަށް އެހީ ބޭނުންވާ ދާއިރާތައް ވެސް ހިއްސާކުރައްވައިފަ އެވެ.
ބައްދަލުވުމުގައި ޝެރީނާ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީ އަށް ބޭނުންވާ އެހީތެރިކަން އިފާޑުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ޝިޔާމު ވަނީ އިފާޑުން ރާއްޖެ އަށް ވަމުން އަންނަ އެހީއަށްޓަކައި ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.