ފާނަ އާލާ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މޫދު ކޮށްޓާއި ދިރޭ ކުދި ފާނަ ވިއްކުމުގެ ޕްރޮގްރާމެއް ފަށަން ނިންމައި ނަން ނޯޓްކުރުުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
މެރިކަލްޗަ ކުރިއަރުވަން ފަށާ މި ޕްރޮގްރާމްގެ ތެރެއިން 57 މޫދުކޮށި ވިއްކުމަށް ހަމަޖެހިފައިވެ އެވެ. ކޮށިތަކަކީ ފުޅާމިނާއި ދިގުމިނުގައި 3 ހުންނަ 8 ގޮޅި ހިމެނޭ ކޮށިތަކެވެ. ކޮށިތައް ވިއްކާނީ ފްރޭމާއި ދާގަނޑުތަކާއި ވަލާއި ނަގިލި ހިމެނޭ ގޮތަށެވެ.
މިނިސްޓްރީން ބުނީ ކޮށިސެޓެއް ވިއްކާނީ 100،000ރ. ގެ ރޭޓުން ކަމަށެވެ. މޫދުކޮށި ވިއްކާނީ ކޮށީގެ އަގު ދައްކައި ޚަލާސްކުރާ ތަރުތީބުން އެ ފަރާތްތަކަށެވެ.
ފާނަ އާލާކުރަން ވިއްކާ މޫދު ކޮށި ކ. މަނިޔަފުށިން ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނީ ކޮށި ގަންނަ ފަރާތްތަކުންނެވެ.
އަދި މި ޕްރޮގްރާމްގެ ތެރެއިން ވިއްކާނީ ކ. މަނިޔަފުށީގައި ހިންގާ ރިސާޗް ހެޗަރީގައި ކުރިއަށްގެންދާ ފާނަ އާލާކުރުމުގެ ރިސާޗް ޕްރޮގްރާމުގެ ތެރެއިން އުފެއްދޭ މިންވަރަކުން ބޮޑު މިނުގައި 10-14 ސެންޓިމީޓަރާ ދެމެދުގެ ފާނަ އެވެ. އެއީ ފާނައެއް އެއް 15ރ. ރޭޓުންނެވެ.
އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި admin@fishagri.gov.mv މެއިލަށް މެސެޖްކޮށް ދޭން މިނިސްޓްރީން އެދިފައިވެ އެވެ. އަދި އިތުރު މައުލޫމާތު މި ނަމްބަރު 3028730 އިން ހޯދޭނެ އެވެ.