Last Updated: November 24, 20:29
Sunday, November 24, 2024
ޚަބަރު

އައިޑީ ކާޑު ހަދައިދޭ ފުރަތަމަ ރަށަކަށް ވިލިގިނލި

އައިޑީކާޑު ހަދައިދޭ ފުރަތަމަ ރަށެއްގެ ގޮތުގައި ގއ. ވިލިނގިލީގައި މިއަދު އެ ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ މާލެ ނޫން ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކޮށް، ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.

ވިލިނގިލީގައި އެ ހިދުމަތް ފެށުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

މިހާތަނަށް އައިޑީކާޑު ޕްރިންޓް ކުރުމުގެ މަސައްކަތް ކުރަމުން އައީ ވެލާނާ ބިލްޑިންގްގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގަ އެވެ.

މީގެ ކުރިން ކައުންސިލްތައް މެދުވެރިކޮށް އައިޑީކާޑަށް އެދި ހުށަހެޅުމުގެ ހިދުމަތް ދިނެވެ. ނަމަވެސް 2022 ވަނަ އަހަރު ވަނީ ޑީއެންއާރުގެ ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ކޮންމެ ތަނަކު ހުރެގެން ވެސް އައިޑީކާޑަށް އެދެވޭނެ ގޮތަށް ހަދައިފަ އެވެ. އެގޮތުން ކާޑު ޕްރިންޓުކުރުމަށް ފަހު، މާލެ އިން ކާޑުތައް ފޮނުވައިގެން ކައުންސިލްތަކުން ދޫކުރެ އެވެ.