Last Updated: November 24, 20:29
Sunday, November 24, 2024
ޚަބަރު

ބީއެމްއެލްގެ ބޯޑް މެންބަރަކު އިސްތިއުފާ ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ މެންބަރުންގެ ތެރޭގައި ހިމެނޭ އައިޝަތު ސަޖުނީ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ އިސްތިއުފާ ދެއްވި ނަމަވެސް ވަކި ސަބަބެއް ހާމައެއްނުކުރައްވަ އެވެ. ސަޖުނީ މި ވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ސަޖުނީ އިސްތިއުފާ ދެއްވިއިރު، ގައުމީ ބޭންކްގް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު/ސީއީއޯ ކާލް ސްޓުމަކް ވެސް މި މަހުގެ 9 ގައި ވަނީ އިސްތިއުފާ ދެއްވައިގަ އެވެ. އަދި މިހާރު ބީއެމްއެލްގެ ވަގުތީ ގޮތުން ހިންގަވަމުން ގެންދަވާ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވެސް މިދިޔަ މަހުގެ 27 ގައި ބޯޑުން އިސްތިއުފާ ދެއްވާފައިވެ އެވެ.

ބީއެމްއެލް އިން "މާލީ ބަޢާވާތެއް" ކުރަން އުޅުނު ކަމަށް ސަރުކާރުން ތުހުމަތުކޮށް، އެ މައްސަލަ ބަލަމުން އަންނަ އިރު، ބޭންކް ސިޔާސީ ކޮށްފައިވާ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.