ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން މާލެ ސަރަހައްދުގައި މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން އަތުލައިގަތް ބައެއްގެ ތެރެއިން އިތުރު 30 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އެ އިދާރާ އިން އެ މީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވައިލީ ބުރާސްފަތި ދުވަހު ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން ކުރިން ވެސް ގިނަ އަދަދެއްގެ ބަޔަކު ޑީޕޯޓްކޮށްފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގެ ފަހުން ޑީޕޯޓްކުރި މީހުންގެ އަދަދު 3،000 އަށް ވުރެ ގިނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.